މަޤްޞަދު، ތަޞައްވުރު އަދި އަސާސްތައް
މަޤްޞަދު
Our Missionއިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، ކޮންމެ ޢުމްރާވެރިއަކަށްވެސް އޯގާތެރިކަމާއެކު ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދީ، ރޫޙާނީގޮތުން މަންފާކުރަނިވި، ރައްކާތެރި އަދި ފަސޭހަ ދަތުރެއް ކަށަވަރުކޮށްދިނުން.
ތަޞައްވުރު
Our Visionއިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ފުރިހަމަކަމުގެ މިންގަނޑުތަކުގެ ތެރެއިން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަޅުކަން އަދާކުރުމަށް މަގުދައްކައިދޭ، އެންމެ އިތުބާރުހުރި އަދި ޚިދުމަތް ހޯދުމުގައި އެންމެ ލުއިފަސޭހަ މުއައްސަސާއަށްވުން.
އަޅުގަނޑުމެންގެ އަސާސްތައް
Core Values
ތެދުވެރިވުމާއި، މުޢާމަލާތްތަކުގައި ސާފު ސީދާކަން ގެންގުޅުމާއި، އަދި އަޚްލާޤީ މިންގަނޑުތަކަށް ބޯލަނބުން.
ފަރުވާތެރިކަމާއެކު ފުރިހަމަ އިރުޝާދު ދީ، ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ބައިވެރިންނާ ގުޅިގެން ފުރިހަމަ ޚިދުމަތެއް ކަށަވަރުކުރުން.
ކޮންމެ އުމްރާވެރިއަކަށް އިޙްތިރާމްއާއެކު މުޢާމަލާތްކުރުމާއި، ސަގާފީ ތަފާތުތަކަށް އިޙްތިރާމްކުރުން.
ހުރިހާ ޚިދުމަތްތަކަކާއި ކުރާ މަސައްކަތްތަކެއްގައި އިސްލާމީ ޝަރީޢަތުގެ ހަމަތައް ފުރިހަމައަށް ހިފެހެއްޓުން.
ރައްކާތެރިކަން ޔަގީންކޮއްދިނުމާއި، ދިމާވެދާނެ ކުއްލި ޙާލަތްތަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮތުން.
ތަފާތު ފަންތިތަކަށް އެކަށޭނަ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން.
ތަމްރީނުލިބިފައިވާ މުވައްޒަފުންނާއެކު އިންތިޒާމްތަކުގައި ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމާއި، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޚިޔާލާ އެއްގޮތަށް ޚިދުމަތްތައް ފަރުމާކޮށް، ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ޚިދުމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުން.
